އަކުރުAkuru AI
ސަރުކާރާއި އޮގަނައިޒޭޝަންތަކަށް

ދިވެހި މަސައްކަތް، އަވަސްކޮށް

ތިޔަ ނިޒާމުތަކުގެ ތެރޭގައި އަކުރުގެ އަމިއްލަ ދިވެހި މޮޑެލްތައް: އިޢުލާންތަކުގެ އިނގިރޭސި ތަރުޖަމާ، ހޯދޭ ރެކޯޑު، ބައްދަލުވުންތަކުގެ ލިޔުން، އަދި އަޑުއެހޭ ޚިދުމަތް.

ކުރެވޭނެ ކަންތައްތައް

ދިވެހިންނާއި އިނގިރޭސިން އިޢުލާން

މުވައްޒަފުން ދިވެހިން ލިޔުމުން، އިނގިރޭސި ތަރުޖަމާ ތައްޔާރުވެ، މީހަކު ޗެކްކޮށް ޝާއިޢުކުރެވޭނެއެވެ.

  • ތަރުޖަމާ ހިނގަނީ ފަހަތުން: ސޭވްކުރުން ލަސްނުވާނެ
  • ކޮންމެ ތަރުޖަމާއެއް ޝާއިޢުކުރުމުގެ ކުރިން ރިވިއުކުރެވޭނެ
  • މުވައްޒަފުން ކުރާ އިޞްލާޙުން މޮޑެލް ރަނގަޅުވޭ (ހުއްދައާއެކު)

ހޯދޭ ރެކޯޑު

ސްކޭންކުރި ސިޓީ، ގެޒެޓް، ފޯމާއި ރެކޯޑު، ހޯދައި ކޮޕީކޮށް ތަރުޖަމާކުރެވޭ ލިޔުމަކަށް.

  • ލޯ އިން ސްކޭންއާއި ފޯނު ފޮޓޯގެ ތާނަ ކިޔާ
  • އެއް ސަތުރުގައި އިނގިރޭސި އަދި އަދަދު
  • އިމްތިޙާނުގައި 0.31% އަކުރުގެ ކުށް

ބައްދަލުވުންތައް ލިޔުމަށް

ބައްދަލުވުމާއި ޖަލްސާތަކާއި ގުޅުންތަކުގެ ރެކޯޑިންގ ދިވެހި ލިޔުމަކަށް.

  • ދިވެހި އަޑުން ތަމްރީނުކުރި ރާޅު P-2.0
  • ތިޔަ ރިވިއުކުރާ ލިޔުމުން ރަނގަޅުވޭ
  • އަޑު ފައިލް ނުވަތަ ލައިވް ރެކޯޑިންގ

އަޑުއެހޭ ޚިދުމަތް

ނޯޓިސް، ފޯމު އަދި ޖަވާބުތައް ދިވެހިން އަޑުން، ކިޔުމަށް އުނދަގޫ މީހުންނަށް.

  • އަދަދާއި ތާރީޚާއި ފައިސާ އާންމުކޮށް ކިޔާ ގޮތަށް
  • ލިޔުން ނުވަތަ ލިޔުމުގެ ފޮޓޯއެއް
  • ފިރިހެން އަދި އަންހެން އަޑު

ބޭނުންކުރާ ގޮތް

މިހާރުގެ ނިޒާމުތަކުގެ ތެރެއަށް

ކޮންމެ ނިޒާމަކަށް ކީއާއެކު އެއް API، ނުވަތަ Cloudflare ވެބްސައިޓުތަކަށް ތައްޔާރު ކިޓެއް.

އަބަދުވެސް މީހަކު ރިވިއުކުރޭ

މެޝިން ތަރުޖަމާއަކީ ޑްރާފްޓެކެވެ. ޝާއިޢުކުރާ ކަންތައް ފާސްކުރަނީ ތިޔަ މުވައްޒަފުންނެވެ.

އަލުން ޑިޕްލޮއި ނުކޮށް އަޕްޑޭޓް

ރަނގަޅު މޮޑެލްތައް އޮޓޮމެޓިކުން ލިބޭނެ. ސެޓިންގްސް މެދުން ބަލަހައްޓާ، ބޭނުންނަމަ ވަގުތުން ހުއްޓުވޭނެ.

ނުހިނގާ ވަގުތަށް ތައްޔާރަށް

މަސައްކަތް ކިއުއަކަށް ލައި އަލުން މަސައްކަތްކުރޭ؛ މުވައްޒަފުން ސޭވްކުރާ އެއްވެސް އެއްޗެއް ގެއްލިއެއް ނުދާނެ.

ތިޔަ ޑޭޓާ

  • ތަރުޖަމާ، ކިޔުމާއި ލިޔުން ކުރަނީ އަކުރުގެ ސަރވަރުތަކުގައި އަކުރުގެ މޮޑެލްތަކުން.
  • އަކުރުގެ މޮޑެލް ބޭނުންކުރާއިރު އެހެން AI ކުންފުނިތަކަށް ނުފޮނުވޭ.
  • ލިޔުމުން ހުއްދަ ނުދެއްވައި ތަމްރީނަށް ބޭނުމެއް ނުކުރޭ.
  • އަޕްލޯޑްކުރާ ފައިލް ގިނަވެގެން 30 ދުވަސް ބަހައްޓާ.

ޕައިލެޓަކުން ފަށައިގަންނަވާ

ތިޔަ ޚިދުމަތެއްގައި ޤާއިމުކޮށް، މުވައްޒަފުންނާއެކު ނަތީޖާ މިންކޮށް، ގުޅިގެން ނިންމާނަން.