އަކުރުAkuru AI
ދިވެހި ބަހަށް ޚާއްޞަ AI

ދިވެހި ބަހުން ވާހަކަދައްކައި، ކިޔައި އަދި ލިޔާ AI

އަކުރަކީ ދިވެހި ބަހަށް ޚާއްޞަ AI މޮޑެލްތަކަކާއި އެޕެކެވެ. މީގެ ތެރޭގައި ޗެޓްކުރުމާއި، އަޑުދެނެގަތުމާއި، ތަރުޖަމާކުރުން އަދި ފޮޓޯއިން ތާނަ ކިޔުން ހިމެނެއެވެ. މިއީ ދިވެހި ޑޭޓާއިން ތަމްރީނުކޮށް، ދިވެހި ޓެސްޓުތަކުން މިންކުރެވިފައިވާ މޮޑެލްތަކެކެވެ.

5+ މަސްދިވެހި ބަހުގެ ދިރާސާއާއި މޮޑެލް ތަރައްޤީ، 4 މޮޑެލް ލައިވް އެޕެއްގައި
0.31%ތާނަ ޞަފްޙާތަކާއި ސްކްރީންޝޮޓް ކިޔުމުގައި އަކުރުގެ ކުށް
52.3%ވާހަކައިގެ ބަހުގެ ކުށް، ބޭސް މޮޑެލްގެ 71.6% އިން ދަށަށް
+13.5އިނގިރޭސިން ދިވެހިއަށް ތަރުޖަމާގެ chrF ޕޮއިންޓު

ހަތަރު ޚިދުމަތް، އެއް އެކައުންޓް

ހުރިހާ ކަމެއް ފުރަތަމަ ތާނައިން، އިނގިރޭސި އާއެކު.

ވާހަކަ

ކޮންމެ ސުވާލަކަށް ދިވެހި ބަހުން ޖަވާބު. އަކުރު ދޯނިއަކީ އަޅުގަނޑުމެންގެ ޗެޓް މޮޑެލް.

އަޑު

އަޑުން ލިޔުމަށާއި، ލިޔުމުން އަޑަށް. އަދަދާއި، ތާރީޚާއި، ފައިސާ، އާންމުކޮށް މީހުން ކިޔާ ގޮތަށް.

ތަރުޖަމާ

ދިވެހި ⇄ އިނގިރޭސި އަދި އިތުރު 10 ބަސް، އަޅުގަނޑުމެންގެ އަމިއްލަ މޮޑެލުން.

ފޮޓޯ ކިޔުން

ސްކޭން، ފޮޓޯ އަދި ސްކްރީންޝޮޓުން ތާނަ ލިޔުން ނަގައިދޭނެއެވެ. ގިނަ AI ތަކަކަށް ތާނައެއް ނުކިޔެއެވެ.

ދިވެހި ބަހަށް އަމިއްލަ AI ބޭނުންވާ ސަބަބު

01

އަމިއްލަ އަކުރު

ތާނަ ބޭނުންކުރަނީ ހަމައެކަނި ދިވެހި ބަހުގައެވެ. އަމިއްލަ މޮޑެލް ތަމްރީނުކުރުމުގެ ކުރިން، އަޅުގަނޑުމެން ޓެސްޓުކުރި އެއްވެސް OCR މޮޑެލަކަށް ތާނަ ނުކިޔުނެވެ.

02

ކުޑަ ބަހެއް، ހަޤީޤީ ބޭނުން

ކޯޓުތަކާއި ކައުންސިލްތަކާއި ނޫސްތަކާއި ސްކޫލުތަކުގެ އިތުރުން ޢާއިލާތަކުން ކޮންމެ ދުވަހަކުވެސް ދިވެހި ބަހުން މުޢާމަލާތްކުރެއެވެ. އެހެންކަމުން ބަސް ރަނގަޅަށް އެނގޭ ވަސީލަތްތަކެއް ބޭނުންވެއެވެ.

03

ރާއްޖޭގައި އުފައްދައި، ރާއްޖޭގައި ޓެސްޓުކޮށްފައި

އަޅުގަނޑުމެންގެ މޮޑެލްތައް ތަމްރީނުކުރަނީ ދިވެހި ލިޔުމާއި އަޑު ބޭނުންކޮށްގެންނެވެ. ޓެސްޓުކުރަނީ ތަމްރީނުކުރުމުގައި ބޭނުންނުކުރާ ދިވެހި ޓެސްޓް ސެޓުތަކުންނެވެ.

އަކުރުގެ މޮޑެލްތައް

ދިވެހި އޮޑިދޯނިފަހަރާއި ކަނޑުފަޅާ ގުޅޭ ނަންތަކުން.

ދޯނި

ބީޓާ

ވާހަކަ

ދިވެހި ދޯނި

ބައްތެލި

ބީޓާ

ތަރުޖަމާ

ރަށްރަށާ ދެމެދު ދަތުރުކުރާ ވިޔަފާރި އޮޑި

ރާޅު

ލައިވް

އަޑުން ލިޔުމަށް

އަޑު އެތެރެކުރުން

ލޯ

ބީޓާ

ތާނަ ކިޔުން

ލޯ، އަދި ލޯމާފާނު

ބެރު

ރާވާފައި

ލިޔުމުން އަޑަށް

ބޮޑުބެރު: އަޑު އުފެއްދުން

އޮޑި

ރާވާފައި

ބޮޑު ދިވެހި LLM

ކަނޑު ހުރަސްކުރާ އޮޑި

ޓެކްނޮލޮޖީ ބައްލަވާލައްވާ →

އަވަސް، އަދި ޞައްޙަ

ފަސް މަހަށްވުރެ ގިނަ ދުވަހުގެ ދިރާސާއާއި މޮޑެލް ތަރައްޤީކުރުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. މިހާރު ލައިވް އެޕެއްގައި އަމިއްލަ 4 މޮޑެލް ބޭނުންކުރަމުންދާއިރު، މޮޑެލްތައް ތަމްރީނުކުރަނީ A100 GPU ގައެވެ. ކޮންމެ ބަދަލަކާއެކު މޮޑެލްގެ ފެންވަރު މިންކުރެވެއެވެ. އަދި އައު މޮޑެލެއް ލައިވްކުރަނީ ކުރީގެ މޮޑެލަށްވުރެ ނަތީޖާ ރަނގަޅު ނަމަ އެކަންޏެވެ.

ކުރިއެރުންތައް ބައްލަވާލައްވާ

ބަހެއްގެ AI ގެ ބިންގާ

ދިވެހި ބަހަކީ ފުރަތަމަ ބަހެވެ. މި ސިސްޓަމް ފަރުމާކޮށްފައިވަނީ އެހެން ބަސްބަހަށްވެސް ބޭނުންކުރެވޭނެ ފަދައިންނެވެ. ބަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކުރައްވަން ބޭނުންފުޅުވާނަމަ، އަޅުގަނޑުމެންގެ ޕްލޭން ޙިއްޞާކޮށްލަން ތައްޔާރެވެ.

އިންވެސްޓަރުންނަށް